ތަޢުލީމު

އޯލެވެލް އިމްތިހާން އަންނަ ހޯމަދުވަހު ފަށަނީ


މިއަހަރުގެ އޯލެވެލް އިމްތިހާން އަންނަ ހޯމަދުވަހު ފަށާނެކަމަށް އެޑިޔުކެޝަންމިނިސްޓްރީން ވިދާޅުވެއްޖެއެވެ.މިއަހަރުގެ އޯލެވެލް އިމްތިހާންގައި މާލެއާއި އަތޮޅުތެރެއިން 7000 ވުރެއްގިނަ ދަރިވަރުން ބައިވެރިވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.މި އިމްތިހާނުގައި 192 ސްކޫލަކުން 5365 ދަރިވަރަކު އިމްތިހާން ހަދާނެކަަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި އަމިއްލަގޮތުން 1701 ދަރިވަރަކު މިއަހަރުގެ އިމްތިހާނުގައި ބަައިވެރިވާނެކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.މީގެ އިތުރުން އޯލެވެލް އިމްތިހާނުގެ ސުވާލުކަރުދާސްތައް ސެންޓަރުތަކަށް ފޮނުވުމުގެ މަސައްކަތްވެސް ޑިޕާރޓްމަންޓް އޮފް ޕަބުލިކް އެގްޒަމިނޭޝަނުން މިހާރު ފަށާފައިވާކަމަށް އެމިިނިސްޓްރީން ވިދާޅުވެއެވެ.މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 194 ސްކޫލަކުން 7202 ދަރިވަރަކު ބައިވެރިވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން 469 ދަރިވަރަކު ގަދަ 10ގައި ހިމެނިފައިވެއެވެ.މިއަހަރުގެ ޖީސީއޯލެވެލް އިމްތިހާން ނިމޭނީ ނޮވެމްބަރު މަހުގެ 18 ގައިކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.