ވިޔަފާރި

ދިރާގުން 3G ގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދީފި


ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ދިރާގުން 3G މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތް ދީފިއެވެ.މިއަދު ދިރާގު ހެޑް އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން މަސައްކަތް ކުރަނީ، ދިރާގުގެ ހިދުމަތްތައް ހަމައެކަނި މާލެއަށް ފޯރުކޮށްދިނުމަށް ނޫން ކަމަށާއި، އަބަދުވެސް ބަލަނީ ވީހާވެސް ބޮޑު އާބާދީއަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިކަމަކީ ތާރީޚްގައި ފާހަނގަކޮށްލެވޭ ލަނޑުދަޑިއެއް ހާސިލް ކުރެވުނު ދުވަހެއް ކަމަށްވެސް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ދިރާގުގެ އެހެން ހިދުމަތްތައްވެސް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކުރެވިގެން ދާނެކަމުގެ ޔަޤީންކަންވެސް ދިރާގުގެ ސީއީއޯ ވަނީ ދެއްވާފައެވެ. ދިރާގުން ރާއްޖޭގެ ހުރިހާ ރަށަކަށް 3ޖީގެ ހިދުމަތް ދިނުމަށް މިއަހަރު ކުރީކޮޅު ފެށި ޕްރޮޖެކްޓް ނިންމާލާފައި މިވަނީ އަމާޒުކުރި މުއްދަތަށްވުރެ 3 މަސް ކުރިން ކަމަށް ދިރާގުން ބުނެއެވެ.