ތަޢުލީމު

ފެންވަރު ބެލުމުގެގޮތު ޕްރައިމަރީ ދަރިވަރުންނަށް އިމްތިހާނެއް ދެނީ




ރާއްޖޭގެ ސްކޫލުތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ބަލައި މަތިކުރުމަށް މިހާރު ކުރެވެމުންދާ
މަސައްކަތުގެ ތެރެއިން، ޕްރައިމަރީ
މަރުހަލާގެ ދަރިވަރުންނަށް އިމްތިހާނެއް ދިނުމަށް ހަމަޖައްސައިފިއެވެ.



އެޑިޔުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުރަންސް
ޑިޕާރޓްމަންޓުން ހާމަކުރެއްވި
ގޮތުގައި، ސްކޫލްތަކުގެ ގްރޭޑް 4 ން ފެށިގެން 7 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް، ނޭޝަނަލް އެސެސްމަންޓުގެ
ނަމުގައިދޭ ފެންވަރު
ވަޒަންކުރުމުގެ އިމްތިހާނު 112 ސްކޫލެއްގައި ކުރިއަށްދާނެކަމަށެވެ. ހިސާބު އަދި
އިނގިރޭސި މާއްދާ އިން ދެވޭ މި އިމްތިހާނު އޮންނާނީ އަންނަ މަހުގެ 12 އަދި 13 ވަނަ
ދުވަހުކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. އަދި ދިވެހި މާއްދާގެ ޕައިލެޓް އިމްތިހާނު
11 ސްކޫލެއްގައި ކުރިއަށް ގެންދާގޮތަށް ވެސް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި އިމްތިހާނު މެދުވެރިކޮށް ދަރިވަރުންގެ ފެންވަރު ވަޒަންކުރެވި އަދި ދަރިވަރުން
ހާސިލްކުރާ ނަތީޖާތަކަށް އަސަރުކުރާ
ސަބަބުތައް ދެނެގަނެވޭނެކަމަށްވެސް އެ ޑިޕާޓްމަންޓުން މަޢުލޫމާތުދެއެވެ.





އެޑިޕާޓްމަންޓުން ދަނީ މާލެ އާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ބާއްވާ މިއިމްތިހާނު
ކަރުދާސްތައް އަތޮޅުތެރޭގެ ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.