ޚަބަރު

ޑިމޮކްރަސީ ހަފްތާ ފާހަގަކުރުން ލަސްކޮށްފި


ޑިމޮކްރަސީ ހަފްތާ ފާހަގަކުރުން ލަސްކޮށްފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ހަމަޖެހިފައި އޮތީ އޮކްޓޫބަރު މަހުގެ 4ން 10އަކަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައެވެ. 



އިލްކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޑިމޮކްރަސީ ހަފްތާ ފާހަގަކުރުން ފަަސްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރައްވަމުން ގެންދެވި ލޯންޗުގައި ހިނގާދިޔަ ހާދިސާއަށްފަހު ރައްޔިތުންނާއި ގައުމުގައި ނުތަނަވަސްކަމެއް ކުރިމަތިވެފައިވާތީކަމަށެވެ.



އެގޮތުން ޑިމޮކްރަސީ ހަފްތާ ފަސްކުރީ މިހަރަކާތުގައި ބައިވެރިވާ ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި އަމިއްލަ ފަރާތްކާއި މަޝްވަރާކޮށް އެ ހުރިހާ ފަރާތެއްގެ އިއްތިފާގުންކަމަށްވެސް ވިދާޅުވިއެވެ. މިހާރު ގައުމަށް ދިމާވެފައވާާ މި ނުތަނަވަސްކަން ފިލައިގެން ދިއުމާއެކު ވީއެންމެ އަވަހަށް ޑިމޮކްރަސީ ހަފްތަ ފާހަގަކުރެވޭނެ ދުވަހެއް އިޢުލާން ކުރެވޭނެކަމަށް އަކްރަމް ވިދާޅުވިއެވެ. 

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅުގައި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ހޯރަފުށީގައި ހިންގުމަށް ހަމަޖައްސާފައިވާ ޑިމޮކްރަސީ ވީކުގެ ޙަރަކާތްތައް ފަސްކުރެއްވީ" އަކްރަމް ވިދާޅުވިއެވެ. 



ޑިމޮކްރަސީ ހަފްތާގެ ހަރަކާތްތައް ހޯރަފުށީގައި ކުރިއަށް ދާ އިރު މާލޭގައި ވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ހޯރަފުށީގައި ފާހަގަކުރާ މި ހަފްތާގައި އެ ކޮމިޝަނުގެ އާ ލޯގޯއާއި، ކޮމިޝަނުން ބޭނުން ކުރާ ކުލަ އިފްތިތާހުކުރުމާއި،  އަލަށް ފާހަގަކުރަން ފަށާ ވޯޓުލާ މީހުންގެ ދުވަހާއި، އިލެކްޝަންސް ކޮމިޝަނުގެ އަހަރީ ދުވަސް އިއުލާނުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެކޮމިޝަނުން މައުލޫމާތުދެއެވެ.