ޚަބަރު

ލޯންޗުގައި ހިނގި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ


ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންނެވި ލޯންޗް ފާލަމާ ގާތްކުރަން އުޅުނު ވަގުތު އެލޯންޗްގައި ހިނގި ނުރައްކާތެރި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ އެމިނިސްޓްރީން  ނެރެފައިވާ ނޫސްބަޔާނުގައެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން  މާލެ ވަޑައިގެންނެވި "ފިނިފެންމާ" ލޯންޗު، ޢިއްޒުއްދީން ފާލަމާއި ގާތްކުރަން އުޅުނު ވަގުތު ހިނގި ހާދިސާގެ ތަހުޤީޤު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެޓީމަކާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޓީމުން ކުރިޔަށް ގެންދާކަމަށާއި އަދި މިތަޙްޤީޤު ކުރިއަށްދާނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު މާހިރުންގެ ލަފަޔާއި އިރުޝާދާއި އެކުގައިކަމަށް ވެސް އެމިނިސްޓްރީން ބެނެފައިވެއެވެ. މިހާދިސާ ތަޙުޤީޤުކުރުމަށް ފުލުހުންނަށް އެހީތެރިވުމަށް އެފްބީއައިގެ އޭޖެންޓަކު ވަނީ ރާއްޖެ އައިސްފައެވެ. އަދި ސައުދީ ޢަރަބިއްޔާގެ ތަޙުޤީޤު ޓީމެއްވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.