ކުޅިވަރު

ޑަބްލިއުއެސްއޭ ބީޗް ހޭންޑްބޯލް މުބާރާތުގެ ފިރިހެންބައިގެ ޗެންޕިއަންކަން ކަސްޓަމްސް


ކުޅުދުއްފުށީގައި ޑަބްލިއުއެސްއޭ އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް މުބާރާތުގެ ފިރިހެންބައިގެ ޗެންޕިއަންކަން ކަސްޓަމްސް އަދި އަންހެންބައިގެ ޗެންޕިއަންކަން ޔުނީކް ފްރެންޑްސް ހޯދައިފިއެވެ.

މިމުބާރާތުގެ ފިރިހެންބައިގެ ޗެންޕިއަންކަން ކަސްޓަމްސް ހޯދާފައިވަނީ ކޭއާރް ހޮސްޕިޓަލާ ވާދަކޮށް 16 ގޯލް 15 ގޯލުންނެވެ. ފިރިހެންބައިގެ ޓްރީމް ޓީމްއަށް ހޮވިފައިވަނީ ކަސްޓަމްސްގެ ފަތުޙުﷲ އާދަމް، މުހައްމަދު އާތިފް، ދިރާގު ޓީމްގެ ސަމްނޫޒް މުހައްމަދާއި ހޮސްޕިޓަލް ޓީމުގެ އަހުމަދު ދާއޫދެވެ. ޑަބްލިއުއެސްއޭ އިންޓަރ އޮފީސް ބީޗް ހޭންޑްބޯލް މުބާރާތުގެ ފިރިހެންބައިގެ އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވަނީ ޗެންޕިއަން ކަސްޓަމްސްގެ ފަތުހުއްﷲ އާދަމެވެ. ފަތުހުއްﷲ ވަނީ މިމުބާރާތުގައި 46 ގޯލް ކާމިޔާބުކޮށްފައެވެ.
މިމުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން ޔުނީކް ފްރެންޑްސް ހޯދާފައިވަނީ ފެމެލީ ބޭކަރީއާއި ވާދަކޮށް 6 ގޯލް 4 ގޯލްއިން. މިމުބާރާތުގެ އަންހެންބައިގެ ޓްރީމް ޓީމްއަށް ހޮވިފައިވަނީ ޗެންޕިއަން ޓީމްގެ ރިފާާޝާ އިބްރާހިމް އާއި ޝަންސުއްނިސާ ހުސެއިން އަދި ފެމެލީ ބޭކަރީގެ ރާޝިދާ މޫސާ އަދި ނިކާ ޓީމްގެ އައިޝަތު ރިމްޝާ. އަންހެންބައިގެ އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވަނީ އޮކްޓޮޕަސް ޓީމްގެ މަރިޔަމް ސާދިޔާ. ސާދިޔާވަނީ 16 ގޯލް ޖަހާފާ.
މިމުބާރާތުގެ އަންހެންބައިގައި 9 ޓީމް ބައިވެރިވެފައިވޭ.

މިމުބާރާތުގެ އަންހެންބައިގެ ޗެންޕިއަންކަން ޔުނީކް ފްރެންޑްސް ހޯދާފައިވަނީ ފެމެލީ ބޭކަރީއާއި ވާދަކޮށް 6 ގޯލް 4 ގޯލުންނެވެ. މިމުބާރާތުގެ އަންހެންބައިގެ ޑްރީމް ޓީމަށް ހޮވިފައިވަނީ ޗެންޕިއަން ޓީމްގެ ރިފާާޝާ އިބްރާހިމާއި ޝަމްސުއްނިސާ ހުސެއިނާއި ފެމެލީ ބޭކަރީގެ ރާޝިދާ މޫސާއާއި ނިކާ ޓީމްގެ އައިޝަތު ރިމްޝާއެވެ. އަންހެންބައިގެ އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވަނީ އޮކްޓޮޕަސް ޓީމްގެ މަރިޔަމް ސާދިޔާއެވެ. ސާދިޔާވަނީ 16 ގޯލް ޖަހާފާއެވެ. މިމުބާރާތުގެ އަންހެންބައިގައި 9 ޓީމް ބައިވެރިވެފައިވެއެވެ.