ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން ކޯވިޑް 19 ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 41 އަށް އަރާފައެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޯވިޑް 19 ބަލީގައި ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން ކަށަވަރުވެފައި ވަނީ ނިޔާވިފަހުން ނެގި ސާމްޕަލްއިންނެވެ.
ރާއްޖޭގައި ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 12000އަށްވުރެ މަތިވެފައެވެ.