ކުޅިވަރު

ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ދިވެހިރާއްޖެ އާއި އިންޑިޔާއިން އެއްބަސްވުން


ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ދިވެހިރާއްޖެ އާއި އިންޑިޔާއިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއެމްއޯޔޫގައި ރާއްޖޭގައި ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން މިއެމްއޯޔޫގައި ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރެވެ.

މައިގަނޑު ގޮތެއްގައި މިއެމްއޯޔޫގައި ދަށުން ކުޅިވަރުގެ ދާއިރާއިން ފަންނީ އެހީތެރިކަމާއި ސަރުކާރުގެ އޮފިޝަލުންނާއި ކޯޗުންގެ އިތުރުން އެތްލީޓުން ތަމްރީން ކުރުން ހިމެނެއެވެ. ދެ ގައުމުގެ މެދުގައި ސްޕޯޓްސް ޓީޗަރުންނާއި ކުޅިވަރުގެ ދާއިރާއިން ތަޢުލީމާއި ދެ ގައުމުގެ މެދުގައި ކުޅިވަރުގެ ކުޅިވަރުގެ ވަސީލަތްތައް ބަދަލުކުރުން ހިމެނެއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ތަރައްގީ ކުރުމަށް ކުޅިވަރުގެ މަޢުލުމާތު ބަދަލު ކުރުމާއި ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ވައްޓަފާޅިއާއި ކުޅިވަރުގެ ދާއިރާއިން މަތީތަޢުލީމް ހާސިލް ކުރުމާއި ކުޅިވަރުން އާމްދަނީ ހޯދޭނެ ގޮތްތައް ހޯދުމަށްވެސް މިއެމްއޯޔޫގެ ސަބަބުން މަގުފައިވާނެއެވެ.

އިންޑިޔާއާއެކު މިވެވުނު އެމްއޯޔޫގެ ދަށުން ސްޕޯޓްސް ރިސާޗާއި ފަރިތަކުރުންތަށއް އެހެން ހަރުފަތަކަށް ގެންދިއުންވެސް ހިމެނެއެވެ. އަދި ސްޕޯޓްސްއާއި ސައިންސްގެ ދާއިރާއިންނާއި އެންޓި ޑޯޕިން ޕްރޮގްރާމްތައް ހިންގުމަށްވެސް އިންޑިޔާގެ އެހީތެރިކަން މިއެމްއޯޔޫގެ ދަށުން ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ފިޒިކަލް އެޑިޢުކޭޝަންގެ ދާއިރާއިންނާއި ފިޓްނަސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތަކުގައިވެސް އިންޑިޔާގެ އެހީތެރިކަން މިއެމްއޯޔޫގެ ސަބަބުން ލިބިގެންދާނެއެވެ.

މިއެމްއޯޔޫގެ އިތުރުންވެސް އިންޑިޔާއިން މިހާރުވެސްދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށާއި ކުޅުންތެރިންގެ ފެންވަރު ރަގަނޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.