މުނިފޫހިފިލުވުން

މިނިވަން 50 ފުނަ ޙަރަކާތް ގދ އަތޮޅުގައި މިއަދު ފަށައިފި


މިނިވަން ފަންސާސް ފުނަ ޙަރަކާތް ގދ އަތޮޅުގައި މިއަދު ފަށައިފިއެވެ.ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ގޮޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ސަރުކާރުން ހިންގާ ފުނަ ޙަރަކާތް ގދ އަތޮޅުގައި ކުރިއަށް ދަނީ އެ އަތޮޅު ގައްދޫގަައެވެ.ކޮންމެ އަތޮޅަކުންވެސް އަތޮޅުފެންވަރުގައި ހިންގާ މި ޙަރަކާތުގައި ގދ ނަޑެއްލާއިންވެސް ބައިވެރިވެފައިވެއެވެ.ގދ ގައްދޫ ގައި ފެށި ފުނަޙަރަކާތް ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރ ގެ ނާއިބް އަހްމަދު ސަލީމްއެވެ.އެ އަތޮޅުގެ ފުނަ ހަރަކާތް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން އަހްމަދު ސަލީމް ވިދާޅުވީ ފުނަ ޙަރަކާތުގެ ބޭނުމަކީ މިނިވަން ފަންސާސް ފާހަގަކުރާއިރު ރަށްރަށުގެ ރައްޔިތުންގެ އެކުވެރިކަން އާލާކޮށް ގުޅިގެން ޤައުމީ ކަންކަމުގައި ބައިވެރިކޮށް މިނިވަންކަން ލިބުމުގެ ހަނދާން އާކުރުން ކަމަށާއި އެކަން ޙާޞިލްވަމުންދާކަމަށެވެ.ގައްދޫގައި މިއަދު ހެނދުނު ފުނަ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެރަށުގެ އަންހެން ކަނބަލުން ވަރަށް ޝައުޤުވެރިކަމާއި އެކު ކުރާ ތުނޑުކުނަަލުގެ މަސައްކަތް ފާހަގަކޮށް މިނިވަން ފަންސާސް ލޯގޯ އިން ފަރުމާކޮށްފައިވާ ކުނަލެއް ސަރުކާރަށް ވަނީ ހަދިޔާކޮށްފައެވެ.މިއަދު ހަވީރާއި މިރޭވެސް ގައްދޫގައި ފުނަ ޙަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަތްތެރި މަސއްކަތް ދައްކައިދޭ ސްޓޯލްތަކާއި ސަޤާފީ އިތުރު ޙަރަކާތްތައްވެސް ހިމެނެއެވެ.މިނިވަން ފަސްސާސްހުގެ ފުނަ ޙަރަކާތް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.