ދީން

ރާއްޖޭގެ ހުރިހާ ރަށެއްގައި މިރޭ ފަތިހު ކޭތަ ނަމާދު ކުރާނެ


ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑުމިސްކިތުގައި މި ރޭ ފަތިސް ނަމާދައްފަހު 5:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.މާލޭގައި ކޭތަ ނަމާދު ކުރުން އޮންނާނީ މަސްޖިދުލް ސުލްޠާން މުހައްމަދު ތަކުރުފާނުލް އަޢުޡަމް، -އިސްލާމީ މަރުކަޒް- ގައިކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.މިރޭގެ ފަތިސް ނަމާދު ވަގުތުވާނީ ފަތިހު 4:41 ގައެވެ.މިރޭ ފަތިހު 5:11ގައި ހަނދު ކޭތަ ހިފާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މި ހަނދުކޭތަ ހިފާވަގުތުން ފެށިގެން އިރުއަރާ ވަގުތު ނުވަތަ ފަތިހުގެ 5:53 އާއި ދެމެދު ރަތް ހަނދު ރާއްޖެއަށް ފެންނާނެކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިންވަނީ ބުނެފައެވެ.