ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަހުގެ ޚިދުމަތް ދިނުމަށް ބަސް ސްޓޮޕްތަކެއް ހަދަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތަކެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިއުލާން ކޮށްފިއެވެ.

ބަސް ސްޓޮޕްތައް ހެދުމަށް ޞައުޤުވެރިވާ ފަރާތްތަކަށް ބިޑްކުރުމުގެ ފުރުޞަތު މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް އެޗްޑީސީން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. ބިޑާއި ގުޅޭ މަޢުލޫމާތު ދިނުމަށް މިމަހުގެ 9 ވަނަ ދުވަހު ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތުދެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން އާންމު ދަތުރުފަތުރުގެ ޚިދުމަތާއި އެނޫންވެސް އާންމުންނަށް ބޭނުންވާ ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.