ކުޅިވަރު

ޕްރެޒިޑެންޓް ކަޕް ފައިނަލުން އާ ޓީމެއް ފެންނާނެ - ނިޒާމް


ޕްރެޒިޑެންޓް ކަޕް ފައިނަލުން އާ ޓީމެއް ފެންނާނެ ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި. ސެމީފައިނަލްގައި މާދަމާ މާޒިޔާއާ ދެކޮޅަށް ނިކުންނަ މެޗްގެ ކުރިން ޕީއެސްއެމްއަށް ދިން އިންޓަރވިއެއްގައި ނިޒާމް ބުނީ ފެށުން ރަނގަޅުކޮށްފި ނަމަ ޓީސީ ފައިނަލުން ޖާގަ ހޯދާނެ ކަމަށާއި، ޓީސީއަށް ފައިނަލުން ޖާގަ ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ." ސެމީފައިނަލް މެޗެއްގައި ދެޓީމަށްވެސް އޮންނާނެ ހަމަހަމަ ފުރުސަތެއް، މާދަމާ ފެށުން ރަނގަޅުކޮށްފިނަމަ އަހަރެމެން ފައިނަލްގައި ކުޅޭނެ. ޓީސީ މުބާރާތައް އާވިޔަސް ކުޅުންތެރިންގެ ކޮންފިޑެންސް ވަރަށް ރަނގަޅު" ނިޒާމް ބުންޏެވެ.މާޒިޔާގެ ކޯޗް އަލީ ސުޒެއިން ބުނީ މާޒިޔާއަށް ޕްރެޒިޑެންޓްކަޕް މުހިންމުކަމަށާއި، ނަމަވެސް ނޮކްއައުޓް މެޗެއް ކަމުން ދެޓީމަށްވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ. ފައިނަލްގެ އުއްމީދު ބޮޑު ކަމަށާއި، ނަމަވެސް ޓީސީ ގްރޫޕް ސްޓޭޖްގައި ދެއްކި ކުޅުމުން އެޓީމްގެ ތަފާތު ފެންނަ ކަމަށް ސުޒެއިން ބުންޏެވެ." ގްރޫޕް ސްޓޭޖްގައި ކުޅުދުއްފުށީގައި ފެނުނު އެންމެ ތަފާތު ޓީމަކީ ޓީސީ، އެހެންވީމަ ޓީސީއަށް ފަރުވާތެރިން ވާން ޖެހޭނެ. މިކަހަލަ މެޗްތަކުން ކޮންމެ ޓީމަކަށްވެސް ހަމަހަމަ ފުރުުސަތެއް އޮންނާނެ މެޗް ކާމިޔާބު ކުރަން." ސުޒެއިން ބުންޏެވެ.