ޚަބަރު

ރައީސް ޔާމީން ސަޢުދީ ރަސްގެފާނާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ހުކުރުދުވަހު، މިނާ ޕެލެސްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވައި، ދެޤައުމަށް ފައިދާވާނެހެން މި ގުޅުން އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ވަނީ މަޝްވަރާ ކުރައްވާފައެވެ.މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީ އަހްދުގެ ނައިބު، އަދި މިނިސްޓަރ އޮފް ޑިފެންސް މުޙަންމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާވެސް ހުކުރުދުވަހު ބައްދަލުކުރައްވާފައެވެ.މި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނާގައި ޙައްޖާޖީންތަކެއް ފިތިގެން ހިނގި ހިތާމަވެރި ހާދިސާގައި އެތައް ޙައްޖާޖީންތަކެއް ނިޔާވެ، އަދި ޒަޚަމްވެފައިވާތީ އެކަމުގެ ހިތާމައިގައި ހަމްދަރުދީ ވިދާޅުވެފައިވެއެވެ.