ދުނިޔެ

ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ތިން ދުވަސްފަހުން ތިން އަހަރުގެ ކުުއްޖެއް


ތުރުކީވިލާތަށް ބާރުގަދަ ބިންހެލުމެއް އައިތާ ތިން ދުވަސް ފަހުން އެ ޤައުމުގެ އިޒްމީރު ސިޓީގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ތިން އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފިއެވެ.
އިޖިޔާން ކަނޑަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 94 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންވަނީ ޒަޚަމްވެފައެވެ.

އުމުރުން ތިން އަހަރުގެ އެލިފު ސަލާމަތްކުރުމަށް ކުއްލި ޙާލަތުގައި މަސައްކަތްކުރާ ފަރާތްތަކުން ޙަރަކާތްތެރިވަމުން ދިޔަ ވަގުތު އެ ސަރަޙައްދުގައިވާ އިތުރު އަށް އިމާރާތެއްގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ.

އެލިފުގެ މަންމައާއި ދެ ދައްތައާއި ބޭބެވެސްވަނީ ހާދިސާ ހިންގި ދުވަސް ނޫން އަނެއް ދުވަހު އެ އިމާރާތުގެ ދަށުން ދިރިހުއްޓާ ސަލާމަތްކޮށްފައެވެ. ނަމަވެސް އެތަނުން އެއް ކުއްޖަކު ފަހުންވަނީ މަރުވެފައެވެ.

ތުރުކީވިލާތުގެ ޑިޒާސްޓާރ އެންޑް އެމަޖެންސީ މެނޭޖްމަންޓު އޮތޯރިޓީ، އޭއެފްއޭޑީއިން ބުނީ އިޒްމީރުގގައި މިހާތަނަށް 92 މީހުން މަރުވެފައިވާކަމަށެވެ. އެއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ތުރުކީވިލާތަށް ކުރިމަތިވި އެފަދަ ކާރިޡާއެއްގައި އެންމެ ގިނަ މީހުން މަރުވެފައިވާ ޢަދަދެވެ.

އެ ސިޓީއިން 994 މީހުން ޒަހަމްވެފައިވާއިރު ލިބިފައިވާ ޒަޚަމްތަކަށް 150އަށްވުރެ ގިނަ މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އަދިވެސް ވިއްސަކަށް މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބިކަމަށް ބެލެވޭކަމަށް ޚަބަރުތަކުން ބުނެއެވެ.

އިޖިޔާން ކަނޑަށް އައި 7.0 ހެކްޓަރުގެ ބާރުގަދަ ބިންހެލުން އައިސްފައިވަނީ ރުކީވިލާތުގެ އައްސޭރިން 17 ކިލޯމީޓަރު ދުރުން އަދި ކަނޑުގެ 16 ކިލޯމީޓަރު އަޑިންނެވެ. އެ ބިންހެކުމުގެ އަސަރު ގުރީސަށްވެސް ފޯރާފައިވާއިރު އެ ޤައުމުން ދެ މީހުންވަނީ ބިންހެލުމުގައި މަރުވެފައެވެ.