ޚަބަރު

ޗައިނާއާއި އެކު އޮންނަ ގުޅުން ވަރުގަދަވާންޖެހޭ- ނައިބް ރައީސް


ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ދާޚިލީގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްތައް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.ޗައިނީޒް ޓިއާންގޖިންގ އާރޓް ޓްރޫޕްގެ ފަރާތުން އޮލިމްޕަހުގައި ބޭއްވި ޗައިނާގެ ކަލްޗްރަލް ޝޯވ ޝަރަފްވެރިކޮށްދެއްވަމުން، ނައިބު ރައީސް ވިދާޅުވީ މިއަހަރަކީ  ޗައިނާއާއި ރާއްޖެއާއި ދެޤައުމުގެ ގުޅުމަށް 43 އަހަރު ފުރޭ އަހަރު ކަމަށެވެ. (ނައިބްރައީސް އަހްމަދު އަދީބް، ޓިއާންގޖިންގ އާރޓް ޓްރޫޕްގެ ފަރާތުން އޮލިމްޕަހުގައި ބޭއްވި ކަލްޗްރަލް ޝޯވ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް)މިއަހަރަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ އަހަރެއްކަން ފާހަގަކުރައްވަމުން ނައިބުރައީސް ވަނީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފޫ ކާންގ، ދެޤައުމުގެ ގުޅުން ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފޫ ކާންގ ވިދާޅުވީ މިފަދަ ކަލްޗަރަލް ޕްރޮގްރާމުތަކުގެ ސަބަބުން އެއްޤައުމަކުން އަނެއްޤައުމެއްގެ ޘަޤާފަތަށް އަހުލުވެރިވެ ޝަޢުޤުވެރިކަން އުފެދިގެން ދާނެކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ޒުވާނުން ޗައިނާގެ ޘަޤާފަތަށް ޝަޢުޤުވެރި ވާނެކަމަށް އުންމީދު ކުރައްވާކަމަށް ކާންގ ވިދާޅުވިއެވެ.(ޓިއާންގޖިންގ އާރޓް ޓްރޫޕްގެ ފަރާތުން އޮލިމްޕަހުގައި ބޭއްވި ކަލްޗްރަލް ޝޯވގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް)ޗައިނީޒް ޓިއަންގޖިންގ އާރޓް ޓްރޫޕްގެ ފަރާތުން އޮލިމްޕަހުގައި ބޭއްވި މި ޝޯގައި ޗައިނާގެ ސަޤާފީ ނެށުން ތަކުގެ އިތުރުން މިއުޒިކާއި މާޝަލް އާރޓްގެ ހަރަކާތްތަކާއި އެކި ހުނަރުތަށް ވަނީ ދައްކާލާފައެވެ. ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން އިންތިޒާމްކުރި މިޝޯއަކީ ޗައިނީޒް ޓިއަންގޖިންގ އާރޓް ޓްރޫޕުން ރާއްޖެއަށާއި ސްރީލަންކާއަށް ކުރާ ދަތުރުގެ ތެރެއިން ބޭއްވި ޝޯއެކެވެ.