ޚަބަރު

ސީއެޗްއެސްއީގެ އައު ޢިމާރާތް އަޅާ ބިން އެޑިއުކޭޝަން މިނިސްޓްރީއަށް ހަވާލުކޮށްފި


ސީއެޗްއެސްސީގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން އެޗްޑީސީން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެ ބިން ރަސްމީކޮށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެޗްޑީސީން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާޠިފްއެވެ. އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

ސީއެޗްއެސްސީގެ 8 ފަންގިފިލާގެ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިން ހަމަޖައްސާފައިވަނީ އައުޓްޑޯ ސްޕޯރޓްސް ކޮމްޕްލެކްސް ފުރަގަހުގައެވެ. އެ ބިމަކީ 2406.57 އަކަ ފޫޓުގެ ބޮޑު ބިމެކެވެ.

ސީ.އެޗް.އެސް.އީގެ އޭ ބްލޮކް އިމާރާތްކުރުމަށްޓަކައި ސައިޓް މޮބިލައިޒް ކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ސްކޫލްގެ އާއިމާރާތް އެޅުމަށްޓަކައި ދަޢުލަތުގެ ބަޖެޓުގައި މިއަހަރުވަނީ އެކާވީސް މިލިއަން ހަސަތޭކަ ފަންސަވީސް ހާސް ރުފިޔާ ކަނޑައަޅާފައެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.