ވިޔަފާރި

މިދިޔަ ކުއާޓަރުގައި ދިރާގަށް 586 މިލިއަން ރުފިޔާގެ އާމްދަނީއެއް، މިއީ 7 އިންސައްތަ އިތުރު އަދަދެއް


މިއަހަރުގެ 2 ވަނަ ކުއަރޓަރަށްވުރެ މި ނިމުނު ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެއެވެ.

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީ އިތުރުވީ އިޤްތިސާދީ ހަރަކާތްތައް ތިންވަނަ ކުއާޓަރުގައި އިތުރުވުމުންކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 586 މިލިއަން ރުފިޔާއެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން އާއި ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. މީގެތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ މޯބައިލް ޙިދުމަތްތަކުން ލިބޭ އާމްދަނީއެވެ. އަހަރުގެ ތިންވަނަ ކުއާޓަރުގައި މޮބައިލްގެ ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި 329 މިލިއަން ރުފިޔާ ދިރާގަށް ލިބިފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއަޓަރުގައި މޮބައިލް ހިދުމަތްތަކުގެ އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 318 މިލިއަން ރުފިޔާއެވެ.

ތިންވަނަ ކުއާޓަރުގައި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިން ލިބުނު އާމްދަނީއަށްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި ދިރާގަށް ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށް 242 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި މިދާއިރާއިން ދިރާގަށް ލިބިފައިވަނީ 213 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ދިރާގަށް ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މި މުއްދަތުގައި ކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ 22 އިންސައްތަ އިތުރުވެފައެވެ. މާލީ ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 158 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަދަދަކީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށްވުރެ 22 އިންސައްތަ ދަށް އަދަދެކެވެ.

ކުންފުނީގެ ޙަރަދުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ތިން ކުއާޓަރުގައިވަނީ ކުންފުނި ހިންގުމުގެ ޙަރަދުތައް މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު 11 އިންސައްތަ ދަށްކޮށްފައެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި ކުންފުނި ހިންގުމަށް 298 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވެއެވެ.

ހރ

ތިޔަ ހަ ލަރި ލިބެރު ވެސް ިިިިިިިިި އިންޓަނެޓް ަ އަގުހެޔޮ ކުރަ ކަށް ނުޅެ!!!!؟