މުނިފޫހިފިލުވުން

ފުރަތަމަ ޖޭމްސް ބޮންޑް މަރުވެއްޖެ

މަޝްހޫރު ފްރެންޗައިޒް "ޖޭމްސް ބޮންޑް" ގެ ރޯލުން ފުރަތަމަ ފެނިގެންދިޔަ ޝޯން ކޯނަރީ މަރުވެއްޖެއެވެ.

ސްކޮޓްލޭނަޑަށް އުފަން އުމުރުން 90 އަހަރުގެ މިތަރި މަރުވެފައިވަނީ ނިދާފައި އޮއްވާކަމަށް އެނާގެ އައިލާއިން ބުނެއެވެ. ޝޯންގެ އަންހެނުންނާއި ދެކުދިން ބުނީ ޝޯން މަރުވެފައިވަނީ އައިލާއެކު އުޅެމުން އަންނަނިކޮށްކަމަށާއި ޖަނާޒާގެ ކަންކަން ބާއްވާނީ ކުޑަކޮށްކަމަށެވެ. އަދި ކޯވިޑްގެ ނުރައްކާ ފިލުމުން ޝޯންގެ ހަދާނުގައި ހާއްސަ ހަރަކާތެއް ބާއްވާނެކަމަށް އެ އާއިލާއިން ބުނެއެވެ.

ޝޯންގެ 90 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ.

އިނގިރޭސި ޖާސޫސެއްގެ ރޯލުން ޖޭމްސް ބޮންޑުގެ ގޮތުގައި މަޝްހޫރުވި ޝޯން ވަނީ އެ ސީރީޒްގެ ހަތް ފިލްމެއް ކުޅެފައެވެ. ޖޭމްސް ބޮންޑުގެ ފުރަތަމަ ފިލްމް " ޑރ. ނޯ" ރިލީޒުކުރީ 1962 ވަނަ އަހަރުއެވެ.

ޝޯން ފިލްމީ އިންޑަސްޓްރީއަށް ކޮށްފައިވާ މަސައްކަތް ފާހަގަކޮށް އޭނާއަށް ވަނީ 2000 ވަނަ އަހަރުގެ ނައިޓް ހުޑް އެވޯޑް ދީފައެވެ.

ޖޭމްސް ބޮންޑްގެ ސީރީޒްގެ އިތުރުންވެސް ޝޯންވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅަފައެވެ. އޭގެތެރޭގައި 1964 މަޝްހޫރުވި " މެރިން " އޭގެ ދިހަ އަހަރު ފަހުން ނުކުތް " މާރޑަރ އޮފް ދަ އޮރިއެންޓް އެކްސްޕްރެސް " ހިމެނެއެވެ. މީގެއިތުރުން 1987 ވަނަ އަހަރު ނުކުތް " ދަ އަންޓަޗެބަލްސް" އަކީވެސް ޝޯންގެ ފާހަގަކޮށްލެވޭ ފިލްމެކެވެ. މި ފިލްމުން ބެސްޓް ސަޕޯޓިން އެކްޓަރުގެ އޭނާއަށް ވަނީ އޮސްކާ އެވޯޑްސްވެސް ލިބިފައެވެ.

އޮސްކާގެ އިތުރުން ބަފްޓާ ފިލްމް އެވޯޑުންވެސް ގިނަ އެ ވޯޑްތަކެއް ވަނީ ހޯދާފައެވެ. ޝޯން އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2003 ވަނަ އަހަރު ނުކުތް " ދަ ލީގް އޮފް އެކްސްޓަރ އޯޑިނަރީ ޖެންޓަލްމެން " އެވެ.