ކުޅިވަރު

ވަގުތީގޮތުން ބާސެލޯނާގެ ރައީސްކަމަށް ކާލެސް ޓުސްކުއެޓްސް


ސްޕެއިންގެ ބާސެލޯނާގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް، ވަގުތީގޮތުން ކާލެސް ޓުސްކެޓްސް ހަމަޖައްސައިފިއެވެ.

ކާލްސް މިވަގުތު ހުންނެވީ ކުލަބުގެ އިކޮނޮމިކް ސްޓްރެޓޭޖިކް ކޮމިޓީގެ ރައީސްގެ މަޤާމުގައެވެ. ކުލަބުގެ ގަވާއިދު ބުނާ ގޮތުން ކުލަބުގެ ބޯޑު، އެކީ އިސްތިއުފާ ދިނުމުން، ދެން ކުލަބުގެ ކަންކަން ހިންގުމަށް އުފައްދަން ޖެހޭނީ ކުލަބު މެނޭޖިން ކޮމިޝަނެކެވެ. މެނޭޖިން ކޮމިޓީގެ މަސްއޫލިއްޔަތަކީ ކުލަބު ދުވަހުން ދުވަހަށް ހިނގަހިނގާ އޮތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ކުލަބުގެ ބޯޑު ތަމްސީލު ކުރަންޖެހޭ ހަފުލާތަކާއި ފޯރަމްތަކުގައި ކުލަބު ތަމްސީލު ކުރުމެވެ.

ބާސާގެ ރައީސް ކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ޖޯސެފް މާރިއާ ބާޓޮމެއު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ބާޓޮމެއު، ބާސާލޯނާގެ ރައީސް ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 2014 ގައެވެ. މެނޭޖިން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފަވާއިރު ކުލަބުގެ އިންތިޚާބުގެ ކަންކަން ތިން މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް މަތިކުރެވިފަވަނީ ކުލަބުގެ މެނޭޖިން ކޮމެޓީއާއެވެ.