ދުނިޔެ

އައި.އެސް. އިން ދަނީ އިސްލާމްދީނުގެ ހުރުމަތް ކަނޑާލަމުން - ޕޫޓިން


އިސްލާމްދީނުގެ ހުރުމަތް
ކަނޑާލުމަށް އައި.އެސް. ޖަމާޢަަތުން މަސައްކަތް ކުރަމުންދާކަމަށް ބުނެ އައި.އެސް.
ގެ އަމަލުތައް ރަޝިޔާގެ ރައީސް ވްެލެޑްމިއަރ ޕޫޓިން ވަރަށް ހަރުކަށި އިބާރާތުން
ކުށްވެރިކުރައްވައިފިއެވެ.



ރަޝިޔާގައި ޤާއިމް ކުރި
އެންމެ ބޮޑު މިސްކިތް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަަވަމުން
ޕޫޓީން ވިދާޅުވީ، ދީނަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ
އައި.އެސ.ް އިން އިސްލާމް ދީނަށް ފުރައްސާރަކޮށް މުހިންމު ބިނާތައް
ނައްތާލަމުންދާކަމަށާއި، މިއ،ީ ކަންތައްކުރަންވީގޮތެއް ނޫން
ކަމަށް ވިދާޅުވިއެވެ.



މިސްކިތް ހުޅުވުމުގެ
ރަސްމިއްޔާތުގައި ފަލަޞްޠީނުގެ ރައީސް މަހްމޫދް އައްބާސްއާއި، ތުރުކީ ވިލާތުގެ
ރައީސް ޠައްޔިބް އޮރްދޮޣާން އާއި، ރަޝިޔާގެ މުސްލިމް ޗެޗްނިޔާ ޞަރަހައްދުގެ ދީނީ
ލީޑަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.