ޚަބަރު

ތުރުކީގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި


އިޖިޔާން ކަނޑަށް އައި ބާރުގަދަ ބިންހެލުމެއްގައި ތުރުކީވިލާތަށް ބޮޑެތި ގެއްލުންތަކެއްލިބި، ގިނަ ބަޔަކު މަރުވުމާގުޅިގެން ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުޓް ކަވުސްލޫއަށް ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އިޖިޔާން ކަނޑައަށް އައި ބާރުގަދަ ބިންހެލުމާގުޅިގެން ތުރުކީއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބައެއްގެ ފުރާނާ ގެއްލުމާއި ގުޅިގެން، ހަމްދަރުދީ ފާޅުކޮށްފައެވެ. އަދި ތުރުކީގެ ރައްޔިތުންނަށް ހެޔޮދުޢާ ވަނީ ފޮނުއްވާފައެވެ.

މީގެ އިތުރުން މި ބިން ހެލުމާގުޅިގެން ގްރީސްއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ގްރީސްގެ ފޮރިން މިނިސްޓަރ ނިކޮސް ޑެންޑިއާސްއަށްވެސް މިނިސްޓަރ ޝާހިދު ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުވާފައެވެ.

އިޖިޔާން ކަނޑަށް އައި 7.0 ހެކްޓަރުގެ ބާރުގަދަ ބިންހެލުމުގައި ތުރުކީވިލާތުގެ ގިނަ އިމާރާތްތައް ވެއްޓި ގިނަ ޢަދަދެއްގެ މީހުންވަނީ އިމާރާތްތަކުގެ ދަށުވެފައެވެ. ބިންހެލުން އައިސްފައި ވަނީ ތުރުކީވިލާތުގެ އައްސޭރިން 17 ކިލޯމީޓަރު ދުރުން އަދި ކަނޑުގެ 16 ކިލޯމީޓަރު އަޑިންނެވެ.

މި ބިންހެލުމުގެ އަސަރު ތުރުކީގެ އިޒްމީރު ޕްރޮވިންސާއި، އިސްތަންބޫލަށާއި، ގްރީސްގެ ވެރިރަށް އެތެންސަށްވެސް ވަނީކޮށްފައެވެ.