ޚަބަރު

ލ. ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް


ލ.ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ލ.ގަން މުކުރިމަގު، ލިންކް ރޯޑް ސަރަޙައްދުގައިކަމަށެވެ. އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕެއްގެ ފަހަތްކޮޅުގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މީހާއަށް ލ.ގަމު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އަނިޔާވެފައިވަނީ 29އަހަރުގެ ދިވަހި ފިރިހެނަކަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 21:30ހާއިރުއެވެ. މި މައްސަލަ ފުލުހުންދަނީ ތަޙުޤީގުކުރަމުންނެވެ.