ޚަބަރު

ހިޔާ، H7 ކެޓަގަރީއަށް ކުރިމަތިލި މީހުންގެ ތެރެއިން ނުގުޅުނު މީހުންގެ މަޢުލޫމާތު ޢާއްމުކޮށްފި


"ހިޔާ" މަޝްރުޢުގެ H7 ކެޓަގަރީއަށް ކުރިމަތިލި މީހުންގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ނުގުޅުނު ފަރާތްތަކުގެ މަޢުލޫމާތު ފްލެޓްތަކުގެ މައްސަލަ ބަލައި ކޮމެޓީން ޢާއްމުކޮށްފިއެވެ.

"ހިޔާ މަޝްރޫޢު"ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ޙާލަތު" ދެނެގަތުމަށް ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި، ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ މަސައްކަތް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން އަންނަނީ ކުރަމުންނެވެ.

އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H7 ނުވަތަ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާޢްސަ ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކުގެ މަޢުލޫމާތު އެ ކޮމެޓީން މިހާރު ވަނީ ގެޒެޓުގައި އާއްމުކޮށްފައެވެ. ގެޒެޓުގައި އާއްމުކޮށްފައިވާ ލިސްޓުގައި H7 ކެޓަގަރީއަށް ކުރިމަތިލި މީހުންގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށް ނުގުޅުނު 509 މީހެއްގެ މަޢުލޫމާތު ހިމަނާފައިވެއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން ވިދާޅުވީ، މި 509 މީހުންނަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި އެކޮމިޓީން ޢާއްމުކުރި ލިސްޓުގައި ހިމެނޭ މީހުން އަންނަމަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00ގެ ކުރިން https://hcc.presidency.gov.mv/ މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.