ޚަބަރު

މަސްދޯންޏަށް ތޫނުއެއްޗިއްސާއިއެކު އެރި މައްސަލައިގައި އިތުރު 7 މީހަކު ހައްޔަރުކޮށްފި


"ފަސްކުރި" ދޯންޏަށް ތޫނުއެއްޗެއްސާއިއެކު އެރި ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި އިތުރު 7 މީހަކު ހައްޔަރުކޮށްފިިއެވެ.

ފަސްކުރި ނަމަކަށްކިޔާ މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއެކު ބަޔަކު އަރާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ލ.އަތޮޅު އެތެރެވަރިން ވަޑިނޮޅު ކައިރީގައި އޮއްވައެވެ. މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހު 3 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އަދި ރެއިންފެށިގެ މިއަދު މެންދުރާއި ހަމައަށް، މި މައްސަލައާއި ގުޅުންހުރިކަމަށް ތުޙުމަތުކުރެވޭ 7 ދިވެއްސަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ޖުމްލަ 16 މީހަލު ހައްޔަރުކޮށްފައިވީނަމަވެސް މީގެ ތެރެއިން 9 މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށް ވަނީ އެމީހުން ދޫކޮށްލާފައެވެ.

ފަސްކުރި ދޯންނަށް ބަޔަކު އަރާފައިވަނީ، ދޯނި ގަތް ފަރާތުން ދޯނި ގަތް އަގަށްވާ ފައިސާ ދައްކަމުން ނުދާކަމަށް ބުނެއެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.