ކުޅިވަރު

ކީންގެ ދެލަނޑުން ޕީއެސްޖީއަށް މުހިންމު މޮޅެއް



ޗެމްޕިއަންސްލީގުގައި ޕީއެސްޖީއިން ތުރުކީގެ ބެސިކްޝާރް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މެޗުގައި ދެވަނަ ހާފްގައި ލަނޑުތައް ފެނިގެން ދިޔައިރު ޕީއެސްޖީއަށް މެޗުގައި ކުރިމަތިވި އެންމެބޮޑު ނުތަނަވަސްކަމަކީ މެޗުގެ ވަރަށް ކުރީކޮޅުގައި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ނޭމާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހެމުންނެވެ. މިމެޗުގައި ދެ ލަނޑުވެސް ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އިޓަލީގެ ޒުވާން ފޯވާޑް މޮއިސް ކީންއެވެ. އޭނާގެ ފުރަތަމަ ލަނޑު 64 ވަނަ މިނެޓުގައި ފެނުނުއިރު ދެވަނަ ލަނޑު ފެނިގެންދިޔައީ 79 ވަނަ މިނިޓްގައެވެ. މި ދެ ލަނޑު ކާމިޔާބުކުރަން ވެސް ކެލިއަން އެމްބާޕޭ ވަނީ އެހީތެރިވެދީފައެވެ.

މިއީ ހުސްވި ޓްރާންފާ މާކެޓުގައި އެވަޓަންއިން ޕީއެސްޖީއަށް ބަދަލުވި ކުޅުންތެރިޔާ ޕީއެސްޖީއަށް އެންމެފަހުން ކުޅުނު ދެމެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ހޯދި ފުރަތަމަ މޮޅާއެކު އެޓީމު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.