ކުޅިވަރު

އޮގްސްބާގް ބަލިކޮށް ލެވަކޫސަންއިން ތާވަލުގެ ހަތަރުވަނަށް


  • ޖަރުމަނު ބުންޑަސްލީގާއި ރޭ އޮގްސްބާގްގެ މައްޗަށް ބަޔާ ލެވަކޫސަން ކުރި ހޯދާ ތާވަލުގެ ހަތަރުވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
  • އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލަވަކޫސަން އިން ކުރި ހޯދީ 3-1 ލަނޑުންނެވެ. ފުރަތަމަ ހާފްގެ 16 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީން ލުކަސް އަލަރިއޯ ލެވެކޫސަން ލީޑް ނަގައިދީފަ ވަނިކޮށް 51 ވަނަ މިނެޓުގައި އޮގްސްބާގްގެ ޑެނިއަލް ކަލިގިއުރީ ނަތީޖާ ހަމަހަމަކުރިއެވެ. ލެވަކޫސަން މެޗުގެ ދެވަނަ ފަހަރަށް ލީޑްނެގީ 74 ވަނަ މިނިޓުގައި ނަދީމް އަމީރިން ދިންބޯޅައެއް ގޯލްގުތެރެއަށް ފޮނުވާލައިގެން މެޗްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ލޫކަސް އަލަރިއޯއެވެ.
  • ލެވަކޫސަންއަށް ލީޑް އިތުރަށް ފުޅާކޮށްދިނީ މެޗުގެ އިތުރުވަގުތުގެ އެންމެ ފަހުމިނެޓުގައި މުސާ ޑިއާބީ ކާމިޔާބުކުރި ލަނޑުންނެވެ. މިނަތީޖާއެކު ލަވަކޫސަން ވަނީ ލީގުގެ ހަތަރުވަނައަށް ކުރިޔަށް ޖެހިލާފައެވެ. ފަސް މެޗުން ނުވަޕޮއިންޓް މިހާތަނަށް ލެވަކޫސަން ވަނީ ހޯދާފައެވެ. ރޭގަ މެޗުން ބަލިވި އޮގްސްބާގް ވަނީ ތާވަލުގެ 11 ވަނައަށް ވެއްޓިފައެވެ. އޮގްސްބާގްއަށް ފަސް މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ.