ކުޅިވަރު

އިބްރަހަމަވިޗްގެ ދެލަނޑާއެކު މިލާން އެއްވަރުވެއްޖެ

އިޓާލިއަން ސެރިއާގައި އޭސީ މިލާނާއި ރޯމް ވާދަކުރި މެޗު އެއްވަރުވެގެން ނިމި ލީގުގެ އެއްވަނައިގައި ފަރަގު ކުޑަވެއްޖެއެވެ. އަމިއްލަ ދަނޑުގައި މިލާނުން ކުޅުނު މެޗު އެއްވަރުވީ ރޯމާ އާއި ވާދަކޮށް 3-3 ލަނޑުންނެވެ.

ހަލަނޑު ފެނިގެން ދިޔަމެޗުގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން ދެވަނަ މިނިޓުގައި ޒްލަޓަން އިބްރަހިމްވިޗް ލަނޑެއް ޖެހިއެވެ. އަދި އެހާފްގެ 14 ވަނަމނިޓުގައި ރޯމާގެ އެޑިން ޒެކޯ ވަނީ ލަނޑެއްޖަހި ނަތިޖާ ހަމަހަމަކޮށްފައެވެ.

މެޗުގައި ދެވަނަފަހަރަށް މިލާނުން ލީޑް ނެގީ 47 ވަނަމިނެޓުގައި އެލިކްސް ސަލެމައެކާސް ކާމިޔާބުކުރިން ލަނޑުންނެވެ. މިލަނޑާއެކު މިލާނުން ކުރީގައ އޮއްވައި 71 ވަނަ މިނިޓުގައި ރޯމާއަށް ލިބުނު ޕެނެލްޓީ ގޯލްގެތެރައަށް ވައްދައިލައިގެން ޖޯޑަން ވެރެޓްއައުޓް ނަތިޖާ ދެވަނަފަހަރަށް ހަމަހަމަކުރިއެވެ.

މިލާނުގެ ތިންވަނަ ލަނޑު 79 ވަނަމިނިޓުގައި އިބްރަހަމްވިޗް ކާމިޔާބުކުރީ ލިބުނު ޕެނެލްޓީ ގޯލްގެތެރެއަށް ވައްދައިލައިގެންނެވެ. މިލާނުން މިލަނޑުޖެހިތާ ފަސްމިނިޓުފަހުން ރޯމާގެ މަރާޝް ކުންބުލާ އަނެއްކާވެސް ރޯމާއަށް ނަތިޖާ ހަމަހަމަކޮށްދިނެވެ. މިމެޗުގައި މިލާނުން ލަނޑުޖެހި އިބްރަހަމަވިޗް ވަނީ މި ސީޒަނުގައި މިލާނަށް ކުޅުނު ފަސްމެޗުން ހަލަނޑުޖަހާފައެވެ. މިއީ މިލާން ލީގުގައި އެއްވަރުވި ފުރަތަމަމެޗެވެ.

މި ނަތީޖާއެކު ލީގުގެ ކުރީގައި އެއްވަނައިގަ މިލާން އޮތީ ދެވަނާގައިވާ ނަޕޯލީއަށް ވުރެ ދެ ޕޮއިންޓު އިތުރަށް ހޯދައިގެން 13 ޕޮއިންޓާއެކުއެވެ. ރޯމާ އޮތީ 8 ޕޮއިންޓާއެކު 9 ވަނައިގައެވެ.