ކުޅިވަރު

ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަގަން: ގެސްޕަރީނީ



އިޓާލިއަން ސެރިއާގައި ލާޒިޔޯ އަތުން ބަލިވުމުން ހުރިހާ ޒިންމާ އެއް އޭނާ ނަގާކަމަށް އެޓްލާންޓާގެ ކޯޗު ޕިއޭރޯ ގެސްޕަރީނީ ބުނެފިއެވެ.

ލީގުގައި ލާޒިޔޯ އަތުން ބަލިވުމުން ގެސްޕަރީނީ ބުނީ ބައެއް ހާލަތްތަކުގައި ބައެއް ނަތީޖާ ތަކަކީ ކޯޗު ޒިންމާ ނަގަންޖެހޭ މެޗުތަކެއް ކަމަށާއި ލާޒިޔޯ މެޗަކީ އެފަދަ މެޗެއްކަމަށް ގެސްޕަރީނީ ބުންޏެވެ. ބައެއްފަހަރު ކަންކަން ތަޖުރިބާ ކުރަން ހަދައިގެން ޓީމަށް ގެއްލުންވެސް ލިބޭކަމަށާއި މިމެޗުގައި ދިމާވީ އެކަހަލަކަމެއް ކަމަށް ވެސް ގެސްޕަރީނީ ބުންޏެވެ. ޓީމާ އަލަށް ގުޅުނު ކުޅުންތެރިން އޭނާ ޕްލޭނަށް ހޭނެއްޖެހޭ ކަމަށާއި އެހެންނޫނީ ޓީމް ބެލެންސް ކުރަމަށް އުނދަގޫވެ އުނދަގޫ ހާލަތަކަށް ގޮސްދާނެކަމަށް ގަސްޕިރީނީ ބުންޏެވެ.

ގެސްޕަރޯނީ އިތުރަށް ބުނީ ސީޒަނުގެ ފެށުން ގޯސްނޫންކަމަށާއި ފުރަތަމަ ތިންމެޗުން މޮޅުވުމުން އެކަންއޮތީ ފެންނަންކަމަށެވެ. އެހެންނަމަވެސް ޓީމުގެ އެންމެ މޮޅުކުޅުން ދައްކައިގެން ނޫނީ ލީގުގައި ސަލާމަތް ނުވާނެކަމަށް ގެސްޕަރީނީ ބުންޏެވެ.

މިދިޔަ ސީޒަނުގައި އަލަށް ޗެމްޕިއަންސް ލީގުގައި އެޓްލާންޓާ ގޮވައިގެން ކުއާޓަރ ފައިނަލާ ހަމަޔަށް ދަތުރުކުރި ކޯޗު ބުނީ މިވަގުތަށް ބަލާއިރު ޓީމުން ތިން މުބާރާތެއްގައި މާ ގިނަ މެޗުތަކެއް ކުޅެންޖެހުމަކީވެސް ދިމާވާ މައްސަލައެއް ކަމަށެވެ. މިމެޗުން ބަލިވުމާއެކު އެޓްލާންޓާ ވަނީ ތާވަލުގެ ހަތަރުވަނަ އަށް ވެއްޓިފައެވެ.