ޚަބަރު

ސީޝެލްސްގެ ނާއިބު ރައީސަކަށް އަފީފް ދީދީގެ ދަރިކަލުން އަޙްމަދު އަފީފް


ސީޝެލްސްގެ ނާއިބު ރައީސަކަށް އަފީފް ދީދީގެ ދަރިކަލުން އަޙްމަދު އަފީފް އިންތިޚާބުވެވަޑައިގެންފިއެވެ.

ސީޝެލްސްގެ އިންތިޚާބުތަކާއިބެހޭ ޢިދާރާއިން މިއަދު ޢާންމުކުރި އެޤައުމުގެ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން އަޙްމަދު އަފީފް ހިމެނިވަޑައިގަންވާ ލިނިޔޮން ޑިމޮކްރެޓިކް ސެސެލްވާ ޕާޓީގެ ކެނޑިޑޭޓް ވޭވެލް ޖޯން ޗާލް ރަމްކަލަވާން އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ ތެރެއިން 54.9 އިންސައްތަ މީހުންގެ ވޯޓާއެކުގައެވެ.

ސީޝެލްސްގެ ނާއިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވާ އަހްމަދު އަފީފްއަކީ އައްޑޫ ހިތަދޫ އެޅެދީދީގެ، ޢަލި ދީދީގެ، ޢަބްދުﷲ ޢަފީފް ދީދީއާއި، ހިތަދޫ އަނީސާ ޢަލިދީދީގެ ދަރިކަލުންނެވެ.

ސީޝެލްސްގެ ރައީސްކަމަށް ވޭވެލް ޖޯން ޗާލް ރަމްކަލަވާންއާ ނާއިބު ރައީސްގެ މަޤާމަށް އަހްމަދު އަފީފް އިންތިޚާބު ވެވަޑައިތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި އެދެބޭފުޅުންގެ ދަޢުރުގައި ރާއްޖެއާއި ސީޝެލްސްއާދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.