ޚަބަރު

ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން ބަޔަކު މަސައްކަތްކޮށްފި


ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން އުޅުނު މައްސަލައެއް ފުލުހުން ތަޙުޤީގުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު މަސައްކަތްކުރި މައްސަލައެއް މިއަދު 11:47އެހާއިރު ފުލުހުންނަށް ހުށާއަޅާފައިވާކަމަށެވެ. އަދި މިމައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ސޯޝަލް މީޑީއާގައި ދައުރުވާ ވީޑީއޯއެއްގައި ފެންނަގޮތުން އެ ފައިސާތައް ފޭރެން މަސައްކަތްކޮށްފައިވަނީ ސައިކަލެއްގައި އައި 4 މީހެކެވެ. ނަމަވެސް އެ މީހުން އެ ފައިސާ ފޭރެން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.