ވިޔަފާރި

އެއް ނަމްބަރު ފާލަން ކައިރީ މުދާއަރުވާ ބާލާ އުޅަނދުތަކުގައި ސްޓިކަރ ޖަހާނެ - ސިޓީ ކައުންސިލް


މާލޭ ޢިއްޒުއްދީން ފާލަން ނުވަތަ އެއް ނަމްބަރު ފާލަން ކައިރީގައި އޮޑިދޯނިފަހަރަށް މުދާއަރުވާ ބޭލުމަކީ މަނާކަމެއް ކަމަށާ އެކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލޭގައި އޮޑިދޯނިފަހަރަށް މުދާއަރުވާ ބާލަން، ވަކި ސަރަހައްދުތަކެއް ވަނީ ކަނޑަ އަޅާފައިކަމަށެވެ. އެހެންކަމުން މުދާއަރުވައި ބޭލުން މަނާ ސަރަޙައްދުތަކުގައި އެކަންކުރިމަކީ ފިޔަވަޅު އަޅާނެކަމެކެވެ. އެގޮތުން މާލޭ އެއްނަމްބަރު ފާލަން ކައިރީގައި މުދާ އަރުވައިބާލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅަމުންދާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އޮޑިދޯނިފަހަރަށް މުދާ އަރުވައި ބޭލުމަށް ޚާއްސަ ސަރަޙައްދުތައް

  • އަތޮޅުތަކުން މާލެ އަންނަ އުޅަނދު ފަހަރު (މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު)
  • އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު (މާލޭ 01 ނަންބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި)
  • މަސްވެރިކަންކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު (ހުޅުމާލޭ ބަނދަރު) ލަފާފުރުމުގައި ބޭނުންކުރުން
  • ރިސޯޓުތަކުން މާލެ އަންނަ އަދި ފުރާ ސްޕީޑް ލޯންޗު ފަހަރު (މާލޭ 05 ނަންބަރު އަދި 06 ނަންބަރު ޖެޓީ (ބޭންކް އޮފް މޯލްޑިވްސް ކުރިމަތި)

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގައި މުދާއަރުވައި ބާލަން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާއިރު، އެއްނަންބަރ ޖެޓީ ކައިރީ މުދާއަރުވާ ބޭލުމަކީ މަނާ ކަމެއްގައި އަންގައިދޭ ބޯޑުވެސް އެ ސަރަޙައްދުގައި ހަރުކުރެވިފައިވާނެކަމަށެވެ.

ގިނަ ބަޔަކު މިގޮތަކަށް އަމަލުކުރަނީ އެކަމުގެ މައުލޫމާތު ރަނގަޅަށް ނޭގޭތީ ކަމަށް ސިޓީ ކައުންސިލުން ދެކެއެވެ. އެހެންކަމުން ވީހާވެސް ބޮޑަކަށް އާއްމުން މިކަންތައްތަކަށް ހޭލުންތެރިކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.