ސިއްހަތު

އެސް.ޓީ.އޯ އާއި ހަވާލުކުރި 53 އެންބިއުލާންސް ރާއްޖެ ގެނެސްފި


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން – އެސް.ޓީ-އޯ-އާއި ހަވާލުކުރި 53 އެންބުލާންސް މިހާރު ރާއްޖެ ގެނެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމްއާއި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ މި 53 އެންބިއުލާންސްގެ ތެރެއިން 25 އެންބިއުލާންސް މިހާރު އެކި ރަށްތަކަށް ފޮނުވާފައިވާކަމަށެވެ. އަދި ބާކީ 18 އެންބިއުލާންސް ރަށްރަށައް  ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ. މިގޮތުން ކުރިޔަށް އޮތް ދެހަފްތާއެއްހާ ދުވަސް ތެރޭ މި އެންބިއުލާންސްތައް ރަށްރަށަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ގާސިމް ވިދާޅުވިއެވެ." ސަރުކާރުގެ ވިސްނުމަކީ އަލަށް އެންބިއުލާންސް ގެނެސް ރަށްރަށަށް ހިދުމަތް ދިނުމަށްޓަކައި މިހާރު ހުރި އެންބިއުލާންސް މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ގެނެސް މި ހިދުމަތް ނުދެވެހި ހުރި ރަށްތަކަށް ދީ ހިދުމަތް ފުޅާކުރުން" ގާސިމް ވިދާޅުވިއެވެ.މީގެ އިތުރުން ގާސިމް ވިދާޅުވީ މިއަހަންނަ އަހަރުވެސް އެންބިއުލާންސް ގެނައުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން 50 އެންބިއުލާންސް ގެނައުމަށް ބަޖެޓްގައި ހިމަނާފައިވަކަމަށެވެ.ސަރުކާރުގެ ވިސްނުމަކީ މީހުން ދިރި އުޅޭ ހުރިހާ ރަށަކަށް އެންބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.