ކުޅިވަރު

ބަޔާން އަތުން ބަލިވުމަކީ ކުރެވުނު ވަރަށް ހިތި ތަޖުރިބާއެއް: ޑިއޭގޯ ސިމިއޯނީ



ބަޔާން އަތުން ބަލިވުމަކީ ކުރެވުނު ވަރަށް ހިތި ތަޖުރިބާއެއްކަމަށް އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކު އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވީ 4-0 ލަނޑުންނެވެ. ސިމިއޯނީ ބުނީ މެޗުން ބަލިވީ އޭނާގެ ޓީމުން ހެދި ގިނަ ގޯސްތަކެއްގެ ސަބަބުންކަމަށެވެ. ޓީމުގެ ކުޅުންތެރިންގެ ވިސްނުން މެޗުގައި ގޯސްކަމާއި ނަތީޖާ ނެރުމަށް ބަޔާން ހުރިހާ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށް އެތުލިޓިކޯ މެޑްރިޑުގެ ކޯޗު ބުންޏެވެ.

މިވަގުތައް ބަލާއިރު ބަޔާންއަކީ އެންމެ ވަރުގަދަ އަދި އެންމެ މޮޅުޓީމުކަމަށްވެސް ސިމިއޯނީ ބުންޏެވެ.