ކުޅިވަރު

އިންޓަމިލާނުގެ ކުޅުންތެރިން ދަނޑުމަތީގައި އަބަދުވެސް ތައްޔާރަށް ތިބެންޖެހޭ: ކޮންޓޭ


އިންޓަމިލާނުގެ ކުޅުންތެރިން ދަނޑުމަތީގައި އަބަދުވެސް ތައްޔާރަށް ތިބެންޖެހޭކަމަށް އެޓީމުގެ ކޯޗު އެންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ މޮންހަލްބަޗްއާ ވާދަކޮށް އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ކޮނޓޭ ބުނީ ކޮންމެ ހާލަތެއްގައި ޓީމް އެތްނަމަވެސް އިންޓަމިލާނުގެ އުންމީދުތަކަށް ބަދަލެއް ނާންނާނެކަމަށެވެ. އޭނާ ބުނީ މެޗުގައި އިންޓަމީލުން ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެފިކަމަށާއި އިދިކޮޅުޓީމަކީ ފެންވަރުހުރި ވަރުގަދަ ޓީމެއް ނަމަވެސް އިންޓަމިލާނުން ދޫދިނުމެއް ނެތި ފަހުވަގުތާ ހަމަޔަށް ކުރި މަސައްކަތް ފާހަގަކޮށްލެވޭކަމަށެވެ.

އަނިޔާއާއި ކޮވިޑް19 ގެ ވައިރަސްގެ ސަބަބުން މިމެޗަށް ފުރިހަމަ ޓީމެއް އެކުލަވާލަން ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ކޮންޓޭ ވަނީ ފާހަގަކޮށްފައެވެ. މިހަފްތާ ބަންދުގައި ލީގުގައި އިންޓަމިލާނު ނުކުންނާނީ ރަށުން ބޭރުގައި ޖެނޯވާ ދެކޮޅަށެވެ.