ޚަބަރު

އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ


އަޖީއެމްއެޗްއާ ދިމާލުން މޫދުން މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން ވިދާޅުވީ އެމީހާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު އޭނާގެ ހަށިގަނޑުވަނީ މޯޗަރީގައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

އެމީހާ ފެނިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރުއެވެ.