ކުޅިވަރު

އީގަލްސް ކުޅެންވާގޮތް މާޒިޔާ ކޯޗަކަށް ނޭންގޭނެ – ސާންތި


އީގަލްސް ކުޅޭނެގޮތް މާޒިޔާ ކޯޗަށް ނޭންގޭނެކަމަށާއި، އެކަން އިނގޭނީ އީގަލްސް ކޯޗަށްކަމަށް ބުނެ، މާޒިޔާގެ ކޯޗު އަލީ ސުޒޭނަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ ރައްދުދީފިއެވެ.އީގަލްސްއިން މިއަދު ބޯޅަ ކުޅެން ނޫޅެ، މެޗު ލަސްކުރިކަމަށް ބުނެ ދެއްކި ވާހަކަތަކަށް ރައްދު ދެމުން މެޗަށްފަހު އިހުސާން އަބުދުލްޣަނީ ( ސާންތި ) ބުނީ އީގަލްސް ކުޅުނީ އީގަލްސް ކޯޗު ބޭނުންވިގޮތަށްކަމަށެވެ." އީގަލްސް ކުޅޭނެ ގޮތެއް މާޒިޔާ ކޯޗަކަށް ނޭންގޭނެ. މާޒިޔާ ކޯޗަށް އިނގޭނީ މާޒިޔާ ކުޅޭނެގޮތް. އީގަލްސް ކުޅޭނެ ގޮތް އިނގޭނީ އީގަލްސް ކޯޗަށް. އީގަލްސް ކުޅުނީ ލަސްކޮށްގެން. އީގަލްސް ލަސްކުރިން. އީގަލްސް ކުޅުނީ ޕޮއިންޓެއް ހޯދަން. ޤައުމީ ޓީމްގެ ދިހަ ބާރަ ކުޅުންތެރިން ލައިގެން ކުޅޭ ޓީމަކާއި ދެކޮޅަށް އީގަލްސްގެ ޒުވާން ކުޅުންތެރިން ކުޅުނީ. " އިހުސާން ބުންޏެވެ.އިތުރަށް ވާހަކަ ދައްކަމުން އިހުސާން ބުނީ ހަތަރު މެޗުގައިވެސް އީގަލްސް އަތުން މާޒިޔާއަށް މޮޅުނުވެވުނުކަމަށާއި، އެކަމާ އުފާކުރާކަމަށެވެ." ޤައުމީ ޓީމްގެ ބާރަވަރަކަށް ކުޅުންތެރިން ލައިގެންވެސް ހަތަރު މެޗުންވެސް އީގަލްސް އަތުން މޮޅެއް ނުވެވުން. އީގަލްސްގެ ޒުވާން ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން. " އިހުސާން ބުންޏެވެ.ދެޓީމް އެއްވަރުވެ، ދެޓީމްވެސް ވަނީ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައެވެ.