ކުޅިވަރު

ޔޫރޮޕާ ލީގުގައި އޭސީ މިލާނުން ސެލްޓިކް މައްޗަށް ކުރި ހޯދައިފި


ޔޫރަޕާ ލީގު ފުޓްބޯޅަ މުބާރާތުގައި އޭސީ މިލާނުން ސެލްޓިކް މައްޗަށް ކުރި ހޯދާއިފިއެވެ.

އޭސީ މިލާނުން މެޗު ކާމިޔާބު ކުރީ ސެލްޓިކްއާ ވާދަކޮށް 3 ލަނޑު 1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި މިލާނުން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދިނީ ރަޑޭ ކްރިންޗް އާއި ބްރާހިމް ޑައިޒްއެވެ.

މެޗު ސެލްޓިކް ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މުހަންމަދު އެލް ޔޫނުއޯސީއެވެ. މެޗުގެ ފަހު ލަނޑު އިތުރުވަގުތު ތެރޭގައި މިލާނަށް ކާމިޔާބުކޮއްދިނީ ޖެންސް ހައުގޭއެވެ. މިލާނުން ވަނީ ސެލްޓިކްއާ ދެކޮޅަށް އެންމެފަހުން ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގެ ސްވިޑެންގެ ޒްލަޓަން އިބްރަހަމޮވިޗް ވަނީ ފުރަތަމަ އޭގާރައިގައި ހިމެނިގެން ކުޅެފައެވެ. އޭނާ ވެފައިވަނީ އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑީނީއަށް ފަހު ޔޫރަޕުގެ މުބާރާތެއްގައި ކުޅުނު އުމުރުން އެންމެ ދުވަސްވީ ކުޅުންތެރީޔާއަށެވެ.

ޔޫރަޕާ ލީގް ފުޓްބޯޅަ މުބާރާތުގައި މި ގުރޫޕްގައި ރަޝިޔާގެ ސްޕާޓަރ ޕްރާއާއި ފްރާންސްގެ ލީލޭ ވާދަކުރި މެޗު 4ލަނޑު 1ލަނޑުން ކާމިޔާބުކުރީ ލިލޭއެވެ. މިމެޗުގެ 23 ވަނަ މިނިޓުގައި ސްޕާޓާގެ ޑިފެންޑަރު ލަޑިސްލޭވް ކްރެސީއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިމޮޅާއެކު ލަނޑުގެ ތަފާތުން މި ގުރޫޕްގެ ކުރި ލިބެނީ ލިލޭއަށެވެ.