ކުޅިވަރު

އާސެނަލްއިން ރެޕިޑް ވެއިންގެ މައްޗަށް ކުރިހޯދާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި


ޔޫރަޕާ ލީގުގައި ރޭ އާސެނަލްއިން ރެޕިޑް ވެއިންގެ މައްޗަށް ކުރިހޯދާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗް އާސެނަލުން ކާމިޔާބުކުރީ ރެޕީވެއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ލަނޑު ޖަހައިގެންނެވެ. އޮސްޓްރިޔާގެ އެލިއާޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހުރިހާ ލަނޑެއް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ. މެޗުގައި ރެޕިޑުގެ ޓެކްސްރެޗް ފައުންޓަސް ލީޑު ނަގާ ކުރި ހޯދައިފައިވަނިކޮށް އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑޭވިޑް ލުއިސްއެވެ. އާސެނަލްއިން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނެޓުފަހުން އާސެނަލް މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަހާފްގައި ކުޅެން ނުކުތް އައުބަމަޔަންއެވެ. މިއީ އައުބަމަޔަން ޔޫރަޕާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން އޭނާ ކާމިޔާބުކޮއްދިން 12 ވަނަ ލަނޑެވެ.

ރޭގެ މެޗުގައި އެތުލިޓިކޯ މެޑްރިޑުން އާސެނަލްއާ ގުޅުނު ތޯމަސް ޕަޓޭ ވަނީ ފުރަތަމަ ފަހަރަށް އާސެނަލްގެ ފުރަތަމަ އޭގާރައިގަ ހިމެނިގެން ކުޅެފައެވެ. އާސެނަލް ވަނީ އެންމެފަހުން ޔޫރާޕާ ލީގުގައި ކުޅުނު ހަތަރުފަހަރު ވެސް މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މިއީ 8 އަހަރުފަހުން ރެޕިޑް ވެއިނާއިން މުބާރާތުގައި އަމިއްލަދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. އެޓީމުން ވަނީ މިހާތަނަށް މުބާރާތުގައި އިމިއްލަ ދަނޑުގައި ބަލިނުވެ 13 މެޗު ހަމަކޮށްފައެވެ.

ރޭގައި މި ގުރޫޕްގެ ޑެންމާކް ޑަންޑަލްކް އެފްސީ އާއި ނޯވޭގެ މޯލްޑް ވާދަކުރި މެޗު 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ މޯލްޑްއެވެ.