ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ބައްދަލުވުމެއްގައި ބަދުއަޚުލާގީ މަންޒަރު ދެއްކި މައްސަލައެއް ބަލަނީ


ޓުއަރިޒަމް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ބަދުއަޚްލާގީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން މީޓިންއެއްގައި ބައިވެރިވި މީހަކު ބަދުއަޚްލާގީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުންނަށް މިއަދު ހުށައަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަޙްޤީގުކުރަމުން އަންނަކަމަސްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މީގެ ކުރިންވެސް މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާވަނީ ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީވަހީދު ވަނީ މަޤާމުން ވަކިކުރައްވާފައެވެ.