ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތަޢުލީމީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން: ނާއިބް ރައީސް


ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތަޢުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން ކަމުގައި ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހުގެ ތަޙްނިޔާ ދަންނަވައި، ނާއިބް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޒުވާން ޢުމުރަކީ މުސްތަޤްބަލު ބިނާކުރުމަށްޓަކައި ލިބޭ ރަނުގެ ފުރުޞަތެއް ކަމަށާއި އެންމެ ބޮޑު އަމާޒަކީ ޒަމާނީ ތަޢުލީމް އުނގަންނައިދީގެން، ހެޔޮލަފާ ދުޅަހެޔޮ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާ ކުރުން ކަމަށެވެ.

މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ޤައުމު ހެޔޮ މިސްރާބަށް ގެންދިއުމުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޒުވާނުންނަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް މުހިންމުކަމަށާއި އެ ފުތުޞަތު ޒުވާނުންނަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.