ވިޔަފާރި

އައިޓީބީ އޭޝީއާގައި ރާއްޖެއިން ބައިވެރިވެއްޖެ


އޭޝިއާ ސަރަހައްދުގެ އެންމެ މަޤްބޫލު ފަތުވެރިކަމުގެ ފެއާ ކަމަށްވާ އައިޓީބީ އޭޝިއާގައި ރާއްޖެއިން ބައިވެރިވެއްޖެވެ.

މިމަހުގެ 21 އިން 23 އަށް ބާއްވާ އައިޓީބީ އޭޝިއާ ފެއާ ކުރިއަށްގެންދަނީ ވާޗުއަލް ކޮށެވެ. މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައި އެމްއެމްޕީއާރްސީން ވިދާޅުވީ، މިއަހަރުގެ ފެއާ ކުރިއަށް ގެންދަނީ ކޯވިޑް-19އިގެ ހާލަތާއި ގުޅުވައިގެން ނިއު ނޯމަލްގައި ދަތުރުފަތުރު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންކަމަށެވެ.

މިއަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާއެކު ރާއްޖޭގެ 17 ކުންފުންޏެއް ބައިވެރިވާއިރު، ސިންގަޕޫރު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހިމެނޭ ފަރާތްތައް މިފެއާގައި ބައިވެރިވާނެއެވެ. މިފެއާގައި ރާއްޖެ އިސްތިހާރު ކުރުމަށް ވާޗުއަލް ބޫތެއް ވަނީ ޤާއިމް ކުރެވިފައެވެ. އަދި މިބޫތަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރާއްޖޭގެ މަންޒަރުތައް ދެއްކުމާއެކު ރާއްޖެއާބެހޭ މައުލޫމާތު ދޭނެކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ، ރާއްޖޭގެ ކުންފުނިތަކަށް އެފަރާތްތަކާއެކު މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ފެއާގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މިފެއާގެ ތެރެއިން ބާއްވާ އެކިއެކި ކޮންފަރެންސްތަކުން ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ ޙަބަރުތަކާއި، އާ އުފެއްދުންތަކުގެ މައުލޫމާތު ލިބިގެންދާނެކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެެވެ.

އެމްއެމްޕީއާރްސީން ވިދާޅުވި ގޮތުގައި، ރައްޖޭ އިޝްތިހާރުކުރުމަށް ތަފާތު ގިނަ ވާޗުއަލް ފެއާތަކުގައި ދަނީ ބައިވެރިވަމުންނެވެ. އެމްއެމްޕީއާރްސީން ވިދާޅުވި ގޮތުގައި ރާއްޖޭ ބޯޑަރުތައް ބަންދުކުރުމުގެ ކުރިން އިރުމަތީ އޭޝީއާއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 11581 މީހުން ކަމަށެވެ. އަދި މިހާރު ބޯޑަރު ހުޅުވާލުމާއި އެކު އިރުމަތީ އޭޝިއާގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށް އުންމީދު ކުރައްވާ ކަމަށް އެކުންފުނިން ބުނެއެވެ.