ޚަބަރު

ޚަބަރެއް ނުވެގެން ހޯދަމުންދިޔަ "ކަނޑު ރޯދި" ދޯނި ފެނިއްޖެ


ޏ ފުވައްމުލަކުން މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ " ކަނޑު ރޯދި" ދޯނި ފެނިފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.މިދޯނި ފެނިފައިވަނީ މިއަދު 7:30 ހާއިރު ސ.ގަމު ކަނޑުގެ ސަރަހައްދުގެ ތެރެއިން ކަމަށްވެސް އެމް.އެން.ޑީއެފުން މައުލޫމާތުދެއެވެ.މި ދޯނި ފެނުނުއިރު ދޯނިން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމް.އެން.ޑީއެފުން މައުލޫމާތުދެއެވެ. މަސްވެރިކަން ކުރަން ނުކުތް މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭ ކަމުގެ މައުލޫމާތު އެމް.އެން.ޑިއެފަށް ލިބިފައިވަނީ ރޭ ގާތްގަނޑަކަށް 20:25 ހާއިރު ދޯނިން ދަތުރުކުރި އާއިލާ މީގެއްގެ ފަރާތުންކަމަށް ވެސް އެމް.އެން.ޑީއެފުން ބުނެފައިވެއެވެ.