ޚަބަރު

ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ، ޑީޕޯޓްކޮށްލައިފި


މަސްތުގެ ހާލަތުގައި ހުރެގެން ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ރާއްޖެއިން ޑީޕޯޓްކޮށްލައިފިއެވެ.

މިކަން ހާމަކުރައްވާ ފުލުހުން ވިދާޅުވީ މަސްތުހެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑީއާ މީހާއަށް އެއްގޮތަކަށްވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފައިވާކަމަށެވެ. އެމީހާ ރާއްޖެއިން ފޮނުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސްތުގެ ޙާލުގައި މަގުމަތީގައި އުޅުނު މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ރޭގެވަގުތެއްގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ ކޯޓުން ދޫކޮށްލިނަމަވެސް މިމައްސަލަ ފުލުހުން ތަޙުގީގުކުރަމުން ގެންދާނެކަމަށް ފުލުހުން އޭރު ވަނީ ވިދާޅުވެފައެވެ.

ބިދޭސީއަކު މާލޭގެ މަގުމަތީގައި މަސްތުގެ ޙާލަތުގައި ހުރެގެން އިސްލާމްދީނަށް ފުރައްސާރަކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.