ޚަބަރު

މޫސުން ގޯސްވުމާއި ގުޅިގެން ޔެލޯ އެލާޓް ނެރެފި


ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ ތިލަދުންމައްޗާއި، ހުވަދު އަތޮޅަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ. މި ދެއަތޮޅަށް ޔެލޯ އެލާޓް ނެެރެފައިވަނީ މިއަދު ހެނދު އެގާރަ ގަޑި ފަނަރައިން ހަވީރު ފަހައް ޖެހުމާ ހަަމަޔަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

އެ އިދާރާއިން ބުނީ،  އެވްރެޖްކޮށް 30 މޭލާއި 38 މޭލާ ދެމެދުގެ ބާރު މިނުގައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ކުރިއަތް އޮތް ދެ ދުވަހުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރު ފަތުރުކުރުމުގައި މޫސުމަށް ރައްޔިތުން ރައްކާތެރިވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، އަދި އެމްއެންޑީއެފުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.