ޚަބަރު

ފޯކައިދޫގައި ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލި ބިދޭސީއަކު ހައްޔަރުކޮށްފި


ށ.ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާއި ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފޯކައިދޫގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އޭގެތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައި ވަނީ އިއްޔެ ރޭ 19:10 ހާއިރުގައި ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ޢުމުރުން 43 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤްކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.