ވިޔަފާރި

އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން ޙިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި


އެފްއެސްއެމް ޕެޓްރޯލް ޝެޑްތަކުން ޙިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ވެހިކަލް ދުއްވުން މަނާ ގަޑިތަކަށާއި، ކެފޭ ހޯޓާ ރެސްޓޯރެންޓްތަކުން ޚިދުމަތްދެވޭނެ ވަގުތުތަކަށް ގެނައި ބަދަލާއެކު އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުންވެސް މިހާރު ހެނދުނު އަށަކުން ރޭގަނޑު ދިހަ ގަޑި ތިރީހަށް ޙިދުމަތް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

އެފްއެސްއެމްއިން ބުނީ ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު ތިނަކުން ތިންގަޑި ތިރީހަށް ޕެޓްރޯލް ޝެޑުތައް ޑިސްއިންފެކްޓު ކުރުމަށް ބަންދުވާނެކަމަށެވެ، އަދި އާދައިގެ މަތިން ކޮންމެ ނަމާދު ގަޑިއަކަށް ފަންސަވީސް މިނެޓަށް ޕެޓްރޯލް ޝެޑުތައް ބަންދުވާނެ ކަމަށް އެފްއެސްއެމުން ހާމަކުރެއެވެ.

މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގައި އަދި ސްޓެލްކޯ ކައިރީގައެވެ. އަދި މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިންވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވައިފިއެވެ.