ވިޔަފާރި

ހޮޓެލް އޭޝިޔާ އެގްޒިބިޝަން، 2015 ފަށައިފި


ހޮޓެލް އޭޝިޔާ އެގްޒިބިޝަން އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2015 މިއަދު ހުޅުވައިފިއެވެ. މިއެގްޒިބިޝަން  ރަސްމީކޮށް ހުޅުވައްދެއްވީ ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް އެވެ.ރެކޯޑް އަދަދަކަށް ސްޓޯލްތަށް ހިމެނޭ އެގާރަވަނަ  ހޮޓެލް އޭޝިއާ އެގްޒިބިޝަން ޓްރޭޑް ފެއަރގައި މިފަހަރު ސައުތު އޭޝިޔާއާއި، ޔޫރަޕް ހިމެނޭ ގޮތަށް ހަތް ގައުމަކުން ބައިވެރިވެއެވެ. އަދި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ރާއްޖޭގެ އިތުރުން ތަފާތު ގައުމުތަކުގެ ހަތަރުސަތޭކައަށްވުރެ ގިނަ ޝެފުން ބައިވެރިވެއެވެ.މިއެގްޒިބިޝަން ހުޅުވުމަށް މިއަދު ބެއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮސްދެއްވާ ވާހަކަފުޅު ދައްކަވަމުން  ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ، ރާއްޖެވަނީ ވިޔަފާރިތަކަށް ހުޅުވާލެވިފައިކަމަށާއި،  ރާއްޖެއަންނަ ފަތުރުވެރިނަނަށް މަރުހަބާކިޔައި މެހެމާން ދާރީ އާދާކުރުމުގައި ބައިނަލް އަގްވާމީ ފެންވަރުގެ ގައުމެއްކަމަށެވެ. އެހެން ކަމުން މިފަދަ ބޮޑު އެގްޒިބިޝަނެއް ރާއްޖޭގައި ބޭއްވިގެންދާކަމީ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެގެންދާ، އަދި ވިޔަފާރިތަކާށާއި ރިޒޯޓް ހިންގާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިތުރު ފުރުސަތުތަކެއްކަމަށް ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، މިފަދަ އެކްސްޕޯތަކުގައި ފެނިގެންދާ ބާވްތަތަކަކީ، ސިއްޚީގޮތުން ފެންވަރުރަނގަޅު، ތަކެއްޗަށް ހެދުމަށް އިސްކަންދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.މޯލްޑިވްސް އެގްޒިބިޝަންގެ ޑިރެކްޓަރ އަހްމަދު ޖާމިޒް ވިދާޅުވީ މިފަހަރު އެގްޒިބިޝަނާއި، ކަލިނަރީ ޖެލެންޖަށް ވަރަށް ބޮޑުތަރުހީބެއް ލިބިފައިވާކަމަށެވެ.ސަތޭކަފަންސާހައްވުރެ ގިނަ ސްޓޯލް ހިމަނާފައިވާ މިއަހަރުގެ ހޮޓެލް އޭޝިޔާޓްރޭޑްފެއަރ އާއި ކެއްކުމުގެ މުބާރާތަށް ފަސްހާހެއްހާ މީހުން ޒިޔާރަތްކުރާނެކަމަށް އެގްޒިބިޝަން އިންތިޒާމް ކުރާ ފަރާތުން އަންދާޒާކުރެއެވެ. މިފެއަރ ކުރިއަށްދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށްދަރުބާރުގޭގައެވެ.