ވިޔަފާރި

ވިޔަފާރިތަކަށް ހުރަސްއެޅޭގޮތަށް އަމަލުނުކުރުމަށް ގޮވާލައިފި


ޚިޔާލުތަފާތުވާ ކޮންމެ ފަހަރަކު ރާއްޖޭގެ ވިޔަފާރިތަކަށް ހުރަސްއެޅޭފަދަ ގޮތްތަކަށް ބޭރުގެ ގައުމުތަކުން، ޚާއްސަކޮށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން އަމަލުނުކުރުމަށާއި، ރާއްޖޭގެ މިނިވަންކަމަށް އިހްތިރާމްކުރުމަށް ދިވެހިވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ގޮވާލައިފިއެވެ.މިއަހަރު ބާއްވާ އެގާރަވަނަ ހޮޓެލްއޭޝިޔާ އެގްޒިބިޝަން ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަކުރާއިރު، ރާއްޖެއާއި، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ވިޔަފާރިތައް ވަރަށްބޮޑުތަން ކުރިއަރާފައިވާކަމަށެވެ. ނަމަވެސް އަދިވެސް ބޭރުގެ ގުމުތަކުގެ ޕްރެޝަރތަށް ރާއްޖެއަށް އަންނަކަން އާސިފް ފާހަގަކުރެއްވިއެވެ.  އާސިފް ވިދާޅުވީ، ރާއްޖެއަކީ ވަކި އުސޫލުތަކަކަށް އަމަލުކުރަމުންދާ، ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ވަކި ގޮތްތަކެއް ހިފަހައްޓާ ގައުމަކަށްވާއިރު، އެހެން ގައުމުތަކަށް އޮންނަ މިނިވަންކަން ރާއްޖެއަށްވެސް އޮންނަން ޖެހޭކަމަށެވެ. ސަރކް ޗެންބަރ އޮފް ކޮމާސްގެ ރައީސްކަންވެސް ކުރައްވާ އާސިވް ވިދާޅުވީ، ރާއްޖެއަކީ ގިނަޢަދަދަކަށް ފޮރިން އިންވެސްޓްމަންޓް ހެދިފައިވާ ގައުމެއްކަމަށާއި، ރާއްޖޭގައި ކޮންމެ ފަހަރަކު ސިޔާސީ މައްސަލައެއް ޖެހޭއިރަށް ވިޔަފާރިތަށް ހުރަސްއެޅުމުގެ ވާހަކަދެއްކުމަކީ ވަރަށް ނާތަހުޒިބު އަމަލެއްކަމަށް ދިވެހި ވިޔަވާރިވެރިންގެ ގައުމީ ޖަމިއްޔާއިން ދެކޭކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބައިނަލް އަގުވާމީ ފަރާތްތަކުން ކަންތައްތައް ހުއްޓުވަން ކުރިމަސައްކަތް ނާކާމިޔާބުވެފައިވާތަން ފެންނަމުންދާކަމަށެވެ. އެގޮތުން، ޢިރާޤް ހަނގުރާމައާއި، އައިއެސް ހަންގުރާމަވެރިންގެ މައްސަލަތައް ހައްލުކުރަން ބައިނަލް އަގްވާމީ ގައުމުތަކުން އުޅެ ވަރަށްބޮޑަށް ފެއިލްވެފައިވާކަމަށާއި ކަންކަން ހައްލުކުރަންކަމަށް ބުނެ ކުރިކަންތައްތަކުގެ ސަބަބުން ރެފިއުޖީންގެ ބޮޑު މައްސަލަގަނޑަކާއި ދުނިޔެ މިއަދު ކުރިމަތިލާން ޖެހިފައިވާކަމަށެވެ. ގައުމެއްގައި އުޅޭ ދެމީހެއް ނުވަތަ އެންމެ މީހެއްގެ ސަބަބުން މުޅިގައުމަށް ފިޔަވަޅުއަޅާ ވާހަކަދެއްކުމަކީ ވަރަށް ނަތަހުޒީބު އަމަލެއްކަމަށެވެ.