ޚަބަރު

އޭޑީކޭއިން މިފަހަރު ވަގަށް ނެގީ ފާހާނާގައި ހުރި އަތް ހިއްކާ މެޝިންތައް


އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތައް ބޭނުންކުރުމަށް އެތަނުގެ ފާހާނާގައި ބަހައްޓާފައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ނަގައިފިއެވެ.

އޭޑީކޭއިން ވަނީ މި މެޝިން ވަގަށް ނަގާ ތަން ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ދަބަހެއް އަޅައިގެން ހުރި ފިރިހެނަކު އެ ހޮސްޕިޓަލަށް ވަންނަ ގޮތަށް ގޮސް އެތަނުގެ ފާހާނައަށް ވަދަގެންދާ ތަނެވެ. ވީޑިއޯއިން ފެންނަ ގޮތުން މިމިހާ ފުރަތަމަ ވަންނަނީ ފިރިހެނުންނަށް ހާއްސަކޮށްފައިވާ ފާހާނައަށެވެ. އެ ފާހާނާއަށް ވަންނަތާ ދެ މިނެޓް ފަހުން އެނާ ނުކުމެ ޖެހިގެން ހުރި އަންހެނުންނަށް ހާއްސަކޮށްފައިވާ ފާހާނާއަށް ވަދެއެވެ. އަންހެނުންގެ ފާހާނާއިން އެ މިހާ ނުކުންނަނީ ފަސް މިނެޓް ފަހުންނެވެ. އަދި އެއަށްފަހު އޭނާ ހޮސްޕިޓަލުން ނުކުމެގެން ދެއެވެ.

އޭޑީކޭއިން ބުނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ފާހާނާތަކުގައި އަތް ހިއްކާ މެޝިންތައް ބެހެއްޓީ ދާދި ފަހުންކަމަށެވެ.

މީގެކުރިން އޭޑީކޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި ސެނެޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލައެއްވެސް ވަނީ ކުރިމަތިވެފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމަށް ސިއްހީ މާހިރުން ލަފާ ދެއްވާތީ ހުރިހާ ހޮސްޕިޓަލެއްގެވެސް އެކި ހިސާބުތަކުގައި ހުންނަނީ ސެނިޓައިޒާ ބަހައްޓާފައެވެ.

ހޮރުމިނިހާ

ނަސީބެ އްތާ ތަށިގަނޑު ނުނެގިކަން މިހެން ލާރިހޯދަ އިގެން ބު އިމަ އްވުރެން އިނގިލި ބު އިއްޔާ މާރާނގަޅުވާނެ