ތ.ވިލުފުށި މީހުން ދިރިއުޅޭ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި 2 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 36 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި 26 އަހަރުގެ މީހާ ޒަރޫރީ ބޭނުމެއްގައި މެނުވީ 15 ދުވަސް ވަންދެން ރަށުން ބޭރަށް ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލާފައިކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.